ބ. ކުޑަރިކިލު، އަހުމަދު ރަމްޒީއަކީ ހިތުގެ މައްސަލަތަކަށް ފަރުވާ ހޯދަމުން އަންނަ ތިން ކުދިންގެ ބައްޕައެކެވެ. ރަމްޒީ، އާންމު ނަމުން ނަމަ އަންމިއަކީ އުފެދުމުގައި ވެސް ހިތުގެ މައްސަލަތަކެއް ހުރި މީހެކެވެ. ކައިވެނީގެ ގޮތުން މީހަކާ ގުޅިގެން އުޅޭތާ ގިނަ އަހަރުތަކެއް ވެފައިވާ ރަމްޒީގެ ދެ ދަރިން ތިބި އިރު އޭނާގެ ދޮން ދަރިއެއް ވެސް ހުރެއެވެ. ހިތުގެ ތިން ވަނަ ސާޖަރީއެއް މިހާރު ހަދާފައިވާއިރު އޭނާގެ ސިއްހީ ހާލަތު ދަށްވާ ކޮންމެ ފަހަރަކު ފުރާނައަށް ނުރައްކާވާ ހިސާބަށް ދެއެވެ. އެހެންނަމަވެސް ފާތުންގެ އުއްމީދަކީ ޖެހިގެން އަންނަ ދުވަހަކީވެސް ލޯބިވާ ފިރިމީހާއެކީ ދަރިންނާއެކީ އުފަލުގައި ހޭދަވާނެ ދުވަހަކަށް ވުމެވެ. މި އުއްމީދުގައި ފާތުން ދަނީ ރަމްޒީއަށް…